ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަނީ

ޖޭއެސްސީގެ ބައެއް މެމްބަރުންގެ ބައްދަލުވުމެއް/ ފޮޓޯ- ޖޭއެސްސީ

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދު އަބްދުޢަނީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން)ން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، އަމްޖަދު އަބްދުޢަނީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައެވެ.

ނަމަވެސް އަމްޖަދް އަބްދުޢަނީއާއި ގުޅޭ ގޮތުން ބަލަމުންދާ ސުލޫކީ މައްސަލައިގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ކޯޓުތަކުގެ ފަނޑިޔާރުންނާއި އެތައް މެޖިސްޓްރޭޓުންގެ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި އެ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައި ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *