ދޭތެރެ ކައިރިކުރާ ޕްރޮގްރާމެއް ފަށަން ޖެހިދާނެ: މިނިސްޓަރު ފައްޔާޒު

އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: އިންސާނީ ވަސީލަތް އިތުރަށް ބޭނުންވާ ކަމަށް ވިދާޅުވި-- ފޮޓޯ/ މަޖިލިސް އިދާރާ

ރާއްޖޭގެ އިގްތިސާދު ބޭނުންވާ ހިސާބަށް ގެންދިއުމަށްޓަކާ ރާއްޖޭގެ އާބާދީ "މާ ކުޑަ" ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި މުސްތަގުބަލުގައި އާބާދީ އިތުރުކުރުމަށް "ދޭތެރެ ކައިރިކުރާ ޕްރޮގްރާމެއް" ފަށަން ޖެހިދާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދުގެ ޖަލްސާގައި މިނިސްޓަރު ޖަވާބުދާރީވެވަޑައިގެންނެވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އާބާދީއާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކާ އިންސާނީ ވަސީލަތް ބޭނުންވާ ކަމަށާއި ރާއްޖޭގެ އާބާދީއަކީ ބޭނުންވާ އަމާޒަށް އިގްތިސާދު ގެންދިއުމަށް މާ ކުޑަ އާބާދީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޕޮޕިއުލޭޝަން އަޅުގަނޑު ދެކޭ ގޮތުގައި މާ ކުޑަ ދިވެހިރާއްޖޭގެ އިގްތިސާދުގައި ދާ ހިސާބަށް ދިއުމަށް. އެއީ އަޅުގަނޑުމެން ކުރިއަށް އޮތް މުސްތަގުބަލުގައި ނިންމަންޖެހޭކަންކަން. ފަހަރުގައި އަޅުގަނޑުމެން ނިންމަންޖެހިދާނެ ދޭތެރެ ކައިރި ކުރާ ޕްރޮގްރާމެއް ފަށަން ވެސް. އޭރުން 18، 20 އަހަރު ފަހުން ފަހަރުގައި އިތުރަށް އަޅުގަނޑުމެން ޕޮޕިއުލޭޝަން އިތުރު ވެސް ވެދާނެ،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ބައެއް ހިސާބުތަކުން ދައްކާ ގޮތުން ބިދޭސީންނާއި ދިވެހިން ހިމެނޭ ގޮތަށް ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 530،953 އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ރާއްޖޭގައި ތިބީ 281،000 ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ބަންގްލަދޭޝް މީހުންގެ އަދަދަކީ 63،754 އެވެ.

ޔޫއެންއެފްޕީއޭއިން ހެދި ސާވޭއަކުން ދައްކާ ގޮތުން ރާއްޖޭގައި އާންދަނީ ހޯދަން މަސައްކަތް ނުކުރާ، 48،000 ދިވެހުން އެބަތިއްބެވެ. އޭގެ ތެރެއިން ގިނައީ ޒުވާނުންނެވެ. އެގޮތުން 18 އަހަރާއި 34 އަހަރާ ދމެދުގެ ޒުވާނުންގެ 29 ޕަސެންޓަކީ މަސައްކަތް ނުކުރާ މީހުންނެވެ.

ދައުލަތް ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ ސިވިސްސާވިސްގައި މަސައްކަތް ކުރާ މީހުންގެ އަދަދަކީ 26،668 އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދަކީ 16،593 އެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެންމެ 3 ލައްކަ މިހުން މެނޭޖް ނުކުރެވިގެން އުޅޭ ބައެއް މިހާރު ދެން ކޮން ވާހަކަ އެއް ތިޔަ ދައްކަނީ….

  2. ޖެއްސުމަށް ވާހަކަ ދައަކާކަށް ލަދެއް ނުގަނޭބާ! ސަރުކާރުން މިއުޅެނީ ހަތަރު ލައްކައެއްހައި ދިވެހިންނާއި ދޮޅުލައްކައެއްހައި ބިދެސީންގެ ހިސާބު ކިތާބު ނުބެލެހެއްޓިގެން. އަސާސީ ބޭނުންތައް ފުރިހމަގޮތެއްގައި ފޯރުކޮށް ނުދެވިގެން. ބިދޭސީން ގެ ކަންތައްތައް ބެލެހއެއްޓެން ޖެހޭނެތާދޯ! ޕްރޮޖެކްޓްތައް ނިމުނީމައި އެކަމަށް ގެނައި ބަޔަކު ފޮނުވާލެވެން ވާނެތާދޯ. ބައްލަވާ ތިބެފުޅުން މިއޮތީ އާބާދީ އިތުރުވާނޭ މަގެއް ހޯދައިދޯފައި. ޓިކެޓެއް ނަގައިގެން ރާއްޖެއަށްއަށް އައީމަ އެނިމުނީ. ދެން ދިވެހި ދައުލަތަށް އެހިސާބުން ބަލަދު އެެރީ. ޕާސްޕޯޓް ނެތޭ ބުނީމަ އެނިމުނީ……

  3. ކޮބާ އޭރުވެސް އަހަރެން ކާފަ ކައިރީ ބުނިން … މަށަކީ އެހާރަނގަޅުމީހެއްނޫނޭ.. މަގޭ އަޞްލު އެނގޭނީ ވިއްސަކަށް ފަނަރަވަރަކަށް އަހަރު ފަހުންނޭ. ހީވެއްޖެ ކަމެއްހެން. ތިއުޅޭނީ އަމިއްލަ އަންނައުނުގަނޑު ދޮވެލާނެ މީހަކުވެސް ނުވެގެން. އެހެންނު ވާނީ ދަރިން މަދުންހޯދީމަ އިނާމަ އައްޑަނަޔާ އޭއްޗަކާ މީއްޗަކާ ދީﷲިވިއްޔަ ޤަައުމީ ފެންވަރުގަ. ނުވިސްނަޔޭ އެއްފަހަރުވެސް ހުރިހާ ބުރައެއް އުފުލަންމިޖެހެނީ މަށައްކަމެއް. އެންމެފަހުން ތިއޮތީ ބޯން އުޅުނުބޮޑި ބޮވިފަ

Leave a Reply to ފާމަސިސްޓޭ ރައްދު ކެންސަލް

Your email address will not be published.