އަދުލަށް ހުކުމް ކުރައްވާ، ދެ ހަސްމުން ދޭތެރޭ ތަފާތު ކުރުން ނުގެންގުޅުއްވާ: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ---

މައްސަލައެއްގެ ގޮތް ނިންމަން ވާނީ މާތް ރަސްކަނލާގެ އަންގަވާފައިވާ ގޮތަށް އަދުލުވެރިކަމާއެކުގައި ކަމަށާއި އެއްވެސް ހަސްމެއްގެ ދޭތެރޭ ތަފާތު ކުރުންތައް ގެންގުޅެގެން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓާއި މެޖިސްްޓްރޭޓް ކޯޓުތަކެއްގެ ފަނޑިޔާރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން މިއަދު ކުރެއްވި ހުވާގެ ވާޖިބު އަދާ ކުރައްވަން ޖެހޭނެ ކަމަށެވެ. ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ގުރުއާނުގެ ބަރަކާތުން ފެށިއިރު ކިޔެވި އާޔަތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ އާޔަތްތަކުން އަދުލަށް ހުކުމްކުރުމުގެ މުހިންމުކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

އަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާ އަކީ ބޮޑު އަދި އެހާމެ ޒިންމާ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިސާލު ޖައްސަވައިފައެވެ. އެގޮތުން އިންސާނުންގެ ބޯމަތީގައި އޮތް އުޑަށްވުރެ އަދުލު އިންސާފު ގާއިމް ކުރުމުގެ ޒިންމާ އަކީ ލުއިވާނެ އެއްޗެކޭ ނުދަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތެދުވެރިވާންޖެހޭނެ. ދެ ހަސްމުން ދޭތެރޭ ތަފާތުކުރުމެއް އޮވެގެން ނުވާނެ،" އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ ވެރިޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގައި ވެސް ފަނޑިޔާރުންނަކީ އެހެން އެންމެންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭ ބައެއް ކަމަށެވެ. އެކަމުގައި ވެސް މުހިންމުކަން ދޭންވީ ހުސް އެކަނި ކޯޓުތަކުގައި ނޫން ކަމަށާއި ކޯޓުން ބޭރުގައި އުޅުއްވާއިރު ވެސް އިސްލާމްދީނުގެ ރިވެތި އަދަބުތަކުގައި ހިފައި އޭގެ މަތީ ދިރިއުޅުން ބައްޓަންކުރުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޙުވާޔާިންސާފުތެދުވެރިކަން ޮންނަނީމިހާރު ޑަސްޕިނުގައެއީމިސަރުކާރާ މިސަރުކާރުގެ މުވައްޒަފުން އަދިކޯލިސަންގެ އާދަ

Leave a Reply to Halaaku ރައްދު ކެންސަލް

Your email address will not be published.