ޔާމީން ގޭގައި ހުންނަވާ ޕީޕީއެމްގެ މުޒާހަރާގައި ބައިވެރިވެއްޖެ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން ގޭގައި ހުންނަވައިގެން މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / އަހްމަދު ޝިޔާމް ޓްވީޓާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ އަމިއްލަފުޅު ގޭގައި ހުންނަވައިގެން އިދިކޮޅުން ބާއްވަމުން ދިޔަ މުޒާހަރާގައި ބައިވެރިވެއްޖެއެވެ.

އިދިކޮޅުގެ މުޒާހަރާ އަކީ ޖަލަށް ލުމަށް އިއްވި ހުކުމާއި އަދި އޭރު ކްރިމިނަލް ކޯޓުގައި ހިނގާދިޔަ ޝަރީއަތްތަކާއި ގުޅޭ ގޮތުން އެ ކޯޓުގެ ބައެއް ފަނޑިޔާރުން ދެއްކެވި ކަމަށް ބުނާ ވާހަކައިގެ އޯޑިއޯ ލީކުވެ، އެ އޯޑިއޯތަކުގައި ފަނޑިޔާރުން ދެއްކެވި ކަމަށް ބުނާ ވާހަކައިން ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ކުރާ މުޒާހަރާއެކެވެ.

މިއަދުގެ މުޒާހަރައިގެ ބައިވެރިން އެންމެ ފުރަތަމަ މުޒާހަރާ ފެށީ ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. ނަމަވެސް ކާނިވާ ސަރަހައްދާއި އަރާ ހަމަވި ތަނުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފައެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިން އަނބުރާލުމަށްފަހު ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް ދިޔައެވެ. އެއާއެކު ފެނިގެން ދިޔައީ މިވަގުތު ގޭގައި ހުންނަވައިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ގެކޮޅުގެ ކުޑަ ދޮރަކުން ބޯ ދިއްކޮށްލެއްވި ތަނެވެ.

އެމަނިކުފާނުގެ އެއް އަތްޕުޅުގައި ގައުމީ ދިދައެއް އަދި އަނެއް އަތްޕުޅުގައި އިދިކޮޅު ޕީޕީއެމްގެ ދިދައެއް އޮތެވެ. އަދި މުޒަހާރާގެ ބައިވެރިންނާއި އިޝާރާތުން ދިޔައީ ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވީ ކ. މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ ކަމަށް އޭރު ކަރެކްޝަންސް އިން ބުންޏެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޔާމީނަކީ ޖަލު ނޫން ތަނެއްގަ ބަހައްޓާން ހެޔޮވަރު މީހެއް ނޫން. މިރާއްޖޭގެ ހަމަޖެހުމަށްވެސް ޔާމީނު ޖަލުގަ ބަހައްޓަން ޖެހެއެވެ.

  2. އިންސާފު ނުލިބޭވާހަކަދަށްކަން ލަދުގަންނަންޖެހޭނެ …އިންސާާފުނެށްނަމަކުޑަދޮރުން ދިދަނުހޫރޭނެ…
    އެހެރީފެށްނަން …..

ހިޔާލު ދެއްވާ!

Your email address will not be published.