ތާލިބާނުން މާބަނޑު މީހަކު މަރާލިކަމުގެ ތުހުމަތު

ތާލިބާނުން މަރާލި ކަމަށް ތުހުމަތު ކުރާ ނޭގަރު ---

އަފްގާނިސްތާނުގެ އަންހެން ފުލުސް އޮފިސަރަކު މަރާލި ކަމުގެ ތުހުމަތު ތާލިބާނުންގެ މައްޗަށް ކުރަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއޯ ރިޕޯޓުތައް ބުނެފިއެވެ.

އަފްގާނިސްތާނުގެ ލޯކަލް މީޑިއާތަކުން އެ އަންހެން މީހާ އަށް ކިޔަމުން ގެންދަނީ ބަނޫ ނޭގަރެވެ. އޭނާ މަރާލީ ތާލިބާނުންގެ މީހުން ކަމަށް މަންޒަރު ދުށް މީހަކު ވަނީ ބީބީސީ އަށް ކަށަވަރު ކޮށްދީފައެވެ.

ނޭގަރު މަރާލީ އޭނާގެ އާއިލީ ގެއެއްގެ ދޮރުމަތީ ހުއްޓާ ކަމަށް ވެސް ބީބީސީ އިން ބުނެއެވެ.

ނަމަވެސް ތާލިބާނުން އަންނަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އެގޮތުން ބީބީސީ އާއި ވާހަކަދައްކަވަމުން ތާލިބާނުންގެ ތަރުޖަމާނަކު ވަނީ އެ ހަމަލާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ނޭގަރުގެ މަރާއި ތާލިބާނުންނާއި އެއްވެސް ގުޅުމެއް ނެތްކަމުގެ ޔަގީންކަން ދީފައެވެ.

އެކަމާ ގުޅިގެން ނޭގަރު ޒިޔާރަތްކުރި އާއިލީ ގޭގެ މީހުން އަދި އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި އެމީހުން ތިބީ “ޝޮކެއް”ގައި ކަމަށް ބީބީސީން ބުންޏެވެ.

“އެކަމަކު ބީބީސީގެ ތިން މަސްދަރަކުން [ހަބަރު ދޭ ސިއްރު މީހުން ނުވަތަ އިދާރާ] އަކުން ވަނީ ނޭގަރު މަރާލީ ތާލިބާނުންގެ މީހުން ކަމާއި އަދި އޭނާ މަރާލީ އޭނާގެ ފިރިމީހާ އާއި ދަރިންގެ ކުރިމަތީގައި ކަމަށް ބުނެ ދީފައި،” ބީބީސީ އިން ރިޕޯޓު ކޮށްފައިވެއެވެ.

ނަމަވެސް އާއިލާގެ އެހެން މީހުން ވަނީ ނޭގަރަކީ ބަނޑުބޮޑު މީހެއް ކަމަށާއި އޭނާގެ ބަނޑަށް އަށްމަސް ކަމަށް ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.