ސައިކަލަކާއި ތެޔޮ ބައުސަރަކާއި އެކްސިޑެންޓުވި މަންޒަރު ދުށް މީހުން ހޯދަނީ

ސައިކަލަކާއި ތެޔޮ ބައުޒަރަކާއި ޖެހި ހިނގާފައިވާ އެކްސިޑެންޓުގެ ތެރެއިން -- ފޮޓޯ / ޕޮލިސް

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ހައިވޭގައި ސައިކަލަކާއި ތެޔޮ ބައުޒަރެއް އެކްސިޑެންޓުވި މަންޒަރު ދުށް މީހުން ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ވަނީ އަނިޔާ ލިބިފައެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ހުޅުމަލޭ ހޮސްޕިޓަލަށް ގެންދިޔައެވެ. އެ ހާދިސާ ހިނގީ އެ ދުވަހުގެ ހެނދުނު 10:20 އެހާކަށްހާއިރުއެވެ.

އެ ހާދިސާގެ މައުލޫމާތު އެނގޭ އެއްވެސް މީހަކު ޓްރެފިކް ޕޮލިސްގެ ނަންބަރު 9660183 އާ ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *