ބަންކާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި އަލަށް ހުޅުވި ބަންކާގެ ފިހާރަ: ފިހާރަ ހުޅުވައި ދެއްވީ ފެންކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު-- ފޮޓޯ/ ބަންކާ

ސްމާޓްފޯނު ވިޔަފާރީގައި ރާއްޖޭގައި ކުރިއަރަމުންދާ ބަންކާ މޮބައިލްސްގެ ހަތަރު ވަނަ ފިހާރަ، ހުޅުމާލޭގައި މިރޭ ހުޅުވައިފިއެވެ.

މޯބައިލް ފޯނުގެ އިތުރުން ބަދިގެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނުތަކާ އެކު، ބަންކާގެ ހަތަރު ވަނަ ފިހާރަ މިރޭ ހުޅުވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ހުޅުމާލޭގައި އަލަށް ހުޅުވި ބަންކާގެ ފުރަތަމަ ފިހާރައިގެ ނަމަކީ "ބަންކާ މެކްސް"އެވެ. އެ ފިހާރަ ހުންނަނީ ނިރޮޅުމަގު 8 ވަނަ ގޯޅިއަށްވާ ގޮތަށް ބޮޑުމަގުގައެވެ.

އަގުހެޔޮކޮށް ސްމާޓްފޯނު ވިއްކުމުގައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ބަންކާގެ ތިން ފިހާރަ މިހާރުވެސް މާލެ މަޖީދީމަގުގައި ހިންގަމުންދެއެވެ.

ހުޅުމާލޭގައި ހުޅުވި "ބަންކާ މެކްސް" ފިހާރަ: ބަންކާއަކީ ސްމާޓްފޯން ވިއްކުމުގެ ވިޔަފާރީގައި ރާއްޖޭގައި ކުރިއަރަމުންދާ ވިޔަފާރިއެއް-- ފޮޓޯ/ ބަންކާ

ހުޅުމާލޭގައި އަލަށް ހުޅުވި ބަންކާގެ ފިހާރައާ ގުޅޭގޮތުން އެ ވިޔަފާރީގެ ވެރިޔާ އަމީޒު މުހައްމަދު ވިދާޅުވީ އެއްތަނަކުން ގިނަ އެއްޗެހި ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަދާފައިވާނެ ކަމަށެވެ.

"އަންނަ މީހުންނަށް ވެސް ތަންކޮޅެއް ފަސޭހަކޮށް އެއްތަނަކުން ލިބޭނެ ގޮތް ހަދާފައިވާނެ. އަދި އަޅުގަނޑުމެންގެ އޮންލައިން ޕްލެޓްފޯމުތަކުން ފޭސްބުކާއި ވައިބަރ އާއި ވަޓްސްއެޕް މެދުވެރިކޮށް އޯޑަރުކޮށްލުމުން ޑެލިވަރ ވެސް ކޮށްދޭނެ،" ބަންކާ މޯބައިލްސްގެ ވެރިޔާ ވިދާޅުވިއެވެ.

އަލަށް ހުޅުވި ބަންކާގެ ފިހާރައިން ބަދިގެއަށް ބޭނުންވާ ސާމަނުތައް ވެސް ލިބޭނެ

ހިޔާލު ދެއްވާ!

Your email address will not be published.