ކަނޑިހެރަ މަންތާ ޕޮއިންޓަށް ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު ޑީކޯވެ މާލެ ގެންނަނީ

އެމްއެންޑީއެފްއިން ހެލިކޮޕްޓަރުގައި ބަލި މީހަކު މާލެ ގެނެސްފައި -- ފޮޓޯ / އެމްއެންޑީއެފް

އައްޑޫ ސިޓީގެ ކަނޑިހެރަ މަންތާ ޕޮއިންޓަށް ފީނަން ދިޔަ ފަތުރުވެރިޔަކު ޑީކޯވެގެން މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ކަނޑިހެރަ މަންތާ ޕޮއިންޓް އަށް ޑައިވިންއަށް ދިޔަ 57 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ޑިކޯވެގެން އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންނަން މިހާރު ތައްުޔާރުވަމުންދާ ކަމަށެވެ. ޑިކޯވި ފަތުރުވެރިޔާ މިއަދު 11:15 ކަންހާއިރު ހެލިކޮޕްޓަރުގައި މާލެ ގެންނާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ރާއްޖޭގައި ދިވެހިން ޑީކޯވެގެން އަންނަ މައްސަލަތައް އިތުރުވެގެން އައިނަމަވެސް ފަތުރުވެރިން ޑީކޯވެގެން ހުށަހެޅޭ މައްސަލަތައް މަދެވެ.

ޑީކޯވެގެން މިހާރު ފަރުވާ ދެމުންދަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާތައް ބޭނުންކޮށްގެންނެވެ. ނަމަވެސް ޑީކޮމްޕްރެޝަން ޗެމްބަރެއް އައްޑޫ ސިޓީގައި ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.