އުތުރުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި، ފުލުހުން އަންނަނީ މައްސަލަ ބަލަމުން

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

ރާއްޖޭގެ އުތުރުގެ ރަށެއްގައި 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ. މައްސަލައާ ގުޅިގެން މިހާތަަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ. މިފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިފަހުން އިތުރުވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވުމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.