ޗައިނާގެ ސަފީރު ރައީސް ނަޝީދާ މިއަދު ބައްދަލުކުރައްވައިފި

ޗައިނާގެ ސަފީރު ރައީސް ނަޝީދާ ބައްދަލުކުރައްވައިފި/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް އިދާރާ

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް ނަޝީދާއި ޗައިނާގެ ސަފީރު ބައްދަލު ކުރައްވާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައެވެ.

އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗައިނާގެ ސަފީރު ޒޭންގް ލިޒޯން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަހާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި، ޗައިނާގައި އެ ވައިރަސް ފަތުރުން ކޮންޓްރޯލު ކުރުމަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި މިފަދަ ހާލަތެއްގައި ޗައިނާއަށް އެއްބާރުލުންދީ، މި ވައިރަހުން އެގައުމު ސަލާމަތްވުމަށް އެދޭކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް އެ ޓުވީޓުގަިއ ބުނެފައި ވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *