ނަފްސީ ދުޅަހެޔޮކަން އިތުރު ކުރަން ނައިކުގެ މުވައްޒަފުންނަށް ހަފްތާއެއްގެ ޗުއްޓީއެއް

ނައިކުގެ ހެޑްކުއާޓާ

ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން, ނައިކުގެ މުވައްޒަފުންނަށް ހަފްތާއެއްގެ ޗުއްޓީއެއް ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ނައިކުގެ މުވައްޒަފުންނަށް އެ ޗުއްޓީ ދިނީ އިއްޔެ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެފަދަ ޗުއްޓީއެއް މުވައްޒަފުންނަށް ދިނީ “ބުރަ” މަސައްކަތްތަކެއް އެ ކުންފުނީގެ މުވައްޒަފުން ކޮށްފައިވާތީއެވެ.

"މި ދުވަސްތަކުގެ ތެރޭގައި ހަމަޖެހިލާ, ލޯބިވާ ފަރާތްތަކާއެކު ވަގުތު ހޭދަ ކޮށްލާ,” ނައިކުގެ އެމެރިކާ ގޮފީގެ ހެޑު މެރާޒޯ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

ކޮވިޑް19 ގެ ބަލިމަޑުގެ ކަމުގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންނަށް އެތައް ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ބައިނަލްއަގުވާމީ މީޑިއާތައް ރިޕޯޓު ކޮށްފައިވާ ގޮތުގައި އެޕަލް އަދި އޫބާ ފަދަ ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުން އޮފީހަށް ހާޒިރުވާންޖެހޭ މުއްދަތު ޑިލޭ ކޮށްފައެވެ.

"ވޭތުވެދިޔަ އަހަރު ދުވަސް ތެރޭގައި މުވައްޒަފުން ވަނީ ވަރަށް ދަތި އުނދަގޫ ހާލަތްތަކެއް ކަޑަތު ކޮށްފައި. ބައެއް މުވައްޒަފުންނަށް ނަފްސާނީ އެތައް މައްސަލަތަކެއް ވަނީ ކުރިމަތިވެފައި," މެރާޒޯގެ މެސެޖުގައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ނައިކުގެ ވިޔަފާރިއަކީ ވެސް މިއަހަރު ގޯސް އަހަރެއް ނޫނެވެ. އެ ކުންފުނީގެ ވިޔަފާރި 20 ޕަސެންޓު ވަނީ އިތުރުވެފައެވެ.
ނައިކު ފަދައިން ޑޭޓިން އެޕްލިކޭޝަނެއް ކަމަށްވާ “ބަމްބުލް” ގެ މުވައްޒަފުންނަށް ވެސް މުވައްޒަފުންނަށް ވަނީ "ސްޓްރެސް ފްރީ" ހަފްތާއެއް ދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.