ކަނޑުއަޑިއަށް ދޫކޮށްލި ދަބަހަކުން ފުލުހުން މަސްތުވާތަކެތި ހޯދައިފި

ފުލުހުން ޑައިވްކޮށްގެން ހޯދި މަސްތުވާތަކެތި/ ފޮޓޯ: ފުލުހުން

ކަނޑުއަޑިއަށް ދޫކޮށްލި ދަބަހަކުން ފުލުހުން މަސްތުވާތަކެތި ހޯދައިފި އެވެ.

ފުލުހުން ބުނީ، އެމީހާ ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އަންގާރަ ދުވަހު ހިންގި ޚާއްސަ އޮޕްރޭޝަނެއްގައި ކ. މާފުށިން ކަމަށެވެ.

އަދި މާފުށީ ބަނދަރު ސަރަހައްދުން ހިފެހެއްޓި އެ މީހާ މޫދަށް ފުންމާލިއިރު ކޮނޑުގައި އޮތް ދަބަސް މޫދަށް ދޫކޮށްލުމާއި ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މޫދަށް ދޫކޮށްލި ދަބަސް ހޯދާފައިވަނީ މެރިން ޕޮލިސް ޑައިވް ޓީމެއް ކ. މާފުއްޓަށްގޮސް ދަބަސް ދޫކޮށްލި ސަރަހަށްދަށް ޑައިވް ކޮށްގެން އަންގާރަ ދުވަހު 13:09 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ދަބަސް ނަގައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓް ފެނިފައި ވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *