ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލައިފި

ޔޫތު މިނިސްޓްރީން އަންނަ މަހު ރާއްޖެ ގެނައުމަށް ނިންމާފައިވާ ޑރ. ބިލާލް ފިލިޕްސްއާ މެދު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެންމެފަހުން ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލައިފި

ބިލާލް ފިލިޕްސްއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުރުން މަޖިލީހުގެ ބައެއް އެހެނިހެން މެންބަރުންވެސް އަންނަނީ ބިލާލް ފިލިޕްސްއާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން އިވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޑރ. ބިލާލް ފިލިޕްސްއަކީ ދަރުސް ދެއްވުމަށް އެންމެ އެކަށީގެންވާ ފަރާތް ނޫންކަމަށައި، އެކަން ހަމައެކަނި ގޫގުލްއިން ބެލުމުންވެސް ފެނިގެންދާނެ ކަމަށެވެ. އަދި ޑރ. ބިލާލު ފިލިޕްސްއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށާއި، އަދި އަނިޔާވެރި އަމަލުތަކަށް ބާރުދީ، އަންހެނުންނަށްވެސް އަނިޔާވެރިވުމަށް ބާރުއަޅުއްވާ ބޭފުޅެއް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވީ އުފައްދަމުންދާ ސުވާލުތަކާ އަދި ކަންބޮޑުވުންތަކާ ގުޅިގެން ކަމާގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ޑރ.ބިލާލްގެ އިވެންޓު މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.