އިންޑިއާގައި ކަރަންޓީންކުރި 7 ދިވެހިން ރާއްޖެ ގެނެސްފި

ވޫހާންގައި ތިބި ދިވެހިން --

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާގައި ކަރަންޓިން ކުރުމަށްފަހު އެނބުރި މިއަދު ރާއްޖެ ގެނެސްފިއެވެ.

ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވީ 7 ދިވެހިން ނެވެ.

އޭގެތެރޭގައި ފަސް އަންހެނަކާއި އެއް ފިރިހެނަކާއި ކުޑަކުއްޖަކު ހިމެނެއެވެ. ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންގޮސްފައިވަނީ އެއާ އިންޑިއާގެ ހާއްސަ ފްލައިޓެއްގައި މިމަހުގެ ދެވަނަ ދުވަހުއެވެ.

މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ. އެގޮތުން ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހީންވެސް ވަނީ ނިއުދިއްލީއަށް ގެންގޮސް ކަރަންޓީންކޮށްފައެވެ.

އެ ހަތް ދިވެހިންވެސް އެ ވައިރަހަށް ނެގަޓިވް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވޫހާން ސިޓީއިން ނެރުނު ހަތް ދިވެހީން ކަރަންޓީންކޮށްފައިވަނީ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައެވެ. ދިއްލީ ކައިރީގައި އޮންނަ ކަރަންޓީން ފެސިލިޓީގައި ހަތް ދިވެހީންވެސް 14 ދުވަހަށް ވަނީ ކަރަންޓީން ކޮށްފައެވެ.

މީގެ ކުރިން ރާއްޖޭގައިވެސް އެ ވައިރަހަށް ޝައްކުކުރެވުނު މީހުން ވެސް ވަނީ ޓެސްޓުތައް ނެގެޓިވްވުމުން ދޫކޮށްލައިފަ އެވެ. އެ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން ވަނީ ސީދާ ޗައިނާއިން އަންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް، ސީދާ ދަތުރުތައްވެސް މެދުކަނޑާލައިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *