ވަކި ކަމެއް ކުރުވުމުގެ ގޮތުން އަޅުގަނޑާއި އެއްވެސް މީހަކު ރަހުމަތްތެރިވާނެ ކަމެއް ނެތް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ދައުލަތުގެ އެއްވެސް އިދާރާއަކުން ނުވަތަ ސަރުކާރުގެ ތެރެއިން ވަކި ކަމެއް ވަކި ގޮތަކަށް ކުރުވުމުގެ ގޮތުން އެއްވެސް މީހަކު އެމަނިކުފާނާއި ރަހުމަތްތެރިކަން ގާއިމް ނުކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. މެންބަރު ނަޝީދު ވަނީ ޓީއެމްއޭ އަތުން ނަޝީދު އެތައް މިލިއަން ޑޮލަރެއް ނެންގެވި ކަމުގެ ތުހުމަތު ކުރައްވާފައެވެ.

މެންބަރު ނަޝީދުގެ ވާހަކަތައް ނިންމެވުމާއި އެކުގައި މަޖިލިސް ރައީސް ވިދާޅުވީ ޓީއެމްއޭ އިން ވެސް އަދި އެހެން ބަޔަކު ވެސް އެމަނިކުފާނަށް ފައިސާއެއް ނުދެއްވާ ކަމަށާއި އަދި ދެއްވަން ވެސް ނުވެސް އުޅުއްވާނެ ކަމަށާއި އަދި އެކަމާ ބަޔަކު ނުވެސް ވިސްނާނެ ކަމަށެވެ. ނަޝީދު ވަނީ އެމަނިކުފާނަށް ރިޝްވަތު ދޭން އުޅޭ މީހާއަށްވެސް އެކަން އާހިރުގައި ނިމިގެންދާނެ ގޮތް ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށެވެ.

“ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ދޭން އުޅޭކަން އެނގި ހުރެ އެކަމާ އަޅާނުލާ ތިބުމަކީ ވެސް މަނާ ކަމެއް” ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވިއިރު ޓީއެމްއޭ މައްސަލާގައި ސޯޝަލް މީޑިއާގައިވެސް އަދި މަޖިލީހުގެ ޖަލްސާތަކުގައިވެސް ނަޝީދު ވަނީ ވާހަކަދައްކަވާފައެވެ. އެކަމާއި ގުޅިގެން އާއްމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ނަޝީދު އެގޮތަށް ވާހަކަ ދެއްކުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު އެ މައްސަލައަށް ފައިބާން ޖެހޭ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ނަޝީދުގެ އެ އަމަލުތައް ހުންނަ ގޮތުން އެކަމުގައި ނަޝީދުގެ އަތެއްވެސް ވާ ކަމަށް ތުހުމަތު ކުރެއްވިއެވެVa

ހިޔާލު ދެއްވާ!

Your email address will not be published.