ކުދިން ސްކޫލަށް ނުފޮނުވާ މީހުންނަށް ދޭނެ އަދަބެއް ގަނޫނުގައި އޮންނަން ޖެހޭ: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުދިން ސުލޫށް ނުފޮނުވުމަކީ ކުށެއްގެގޮތުގައި ގާނޫނުގައި ކަނޑައަޅަންޖެހޭކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ތައުލީމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްވަމުން ހަސަން ލަތީފު ވިދާޅުވީ، ތައުލީމު ލާޒިމުވާ ކުދިން ސުކޫލަށް ނުފޮނުވައިގެން ބެލެނިވެރިންނާ ދޭތެރޭގައި އެޅޭނެ ފިޔަވަޅުގެ ވާހަކައެއް އެ ބިލަކު ނެތްކަމަށާއި، އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ތައުލީމު ލާޒިމުވާ ކޮންމެ ކުއްޖަކަށް ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީ ސުކޫލު ތައުލީމުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ކިޔަވަން ސުކޫލަށް ފޮނުވަން ޖެހޭނެކަމަށެވެ.

ބިލުގައި ބުނެފައިވާ ގޮތުން، މަގުބޫލު އުޒުރެއް އޮވެގެން އެހެންނޫނީ، މަޖުބޫރު ތައުލީމު ލަޒިމުވާ އުމުރުފުރާގެ ކުދިން ގަވާއިދުން ސުކޫލަށް ދާން ޖެހޭނެ ކަމަށެވެ. މަގުބޫލު އުޒުރުގެ ތެރޭގައި ހިމެނެނީ ބަލި ހާލަތު ހުރިގޮތުން ސުކޫލަށް ހާޒިރުވެވެން ނެތުމާއި ސަސްޕެންޑްކުރުމުގެ ސަބަބުން ސުކޫލަށް ހާޒިރު ނުވެވުން ހިމެނެއެވެ.

ހަސަން ލަތީފް ވިދާޅުވީ، ކުދިން ސުކޫލަށް ނުފޮނުވުމަކީ ރާއްޖެއާއި މި ސަރަހައްދުގެވެސް ވަރަށް ގިނަ ގައުމުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެހެންކަމުން ކުދިން ސުކޫލަށް ނުފޮނުވާ ބެލެނިވެރިންނަށް ދޭނެ އަދަބެއް ގާނޫނުގައި ބަޔާން ކުރަން ޖެހޭނެކަމަށެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ، ބިލުގައި ގަނާކުރުން ހުއްޓުވުމަށް މާއްދާތަކެއް ހިމަނަން ޖެހޭ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.