އާރަށު މައްސަލާގައި ރައީސް ޔާމީން އަނެއްކާވެސް ފުލުހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނަށް ސަޕޯޓު ކުރައްވާ އާއްމު މެންބަރުންނަށް ހަނާ އަޅުއްވަނީ --

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އެރަށް ބޭރުގެ ބަޔަކަށް ވިއްކާލައިގެން ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލާގައި ފުލުހުންގެ އިދާރާ އަށް އެމަނިކުފާނު ހާޒިރު ކުރެއްވުމަށް ނިންމައިފިއެވެ.

މިއީ މި މައްސަލާގައި ޔާމީން ފުލުހުންގެ އިދާރާ އަށް މިމަހު ވަނީ މީގެކުރިން ހާޒިރު ކޮށްފައެވެ. މީގެއިތުރުން އިއްޔެ ރ. ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ވެސް ކުރިޔަށް ދިޔައެވެ.

އާރަށު މައްސަލާގައި ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ މިއަދުގެ މެންދުރު 14:00 އަށެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އިން ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް މީގެކުރިނހަވާލުކުރީ ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކަށެވެ. އެއީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެރަށް ބޭރުގެ ބަޔަކަށް ވިއްކާލިއެވެ.

މިހާރުވެސް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ރައީސް ޔާމީންގެ މައްޗަށް މިފަހަރުވެސް ކުރާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ތުހުމަތެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.