2،000އަށްވުރެ ގިނަ މީހުންގެ ސޮއިއާއެކު ހިޔާ ފްލެޓު ލިބުނު މީހުންގެ ޕެޓިޝަނެއް މަޖިލީހަށް

ހިޔާ ފްލެޓުތަކާއި ގުޅޭ ޕެޓިޝަން އާއި އަލީ އާޒިމް ހަވާލުވެލައްވަނީ ---

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކާއި ގުޅޭ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ސޮއި ކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އަށް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަންގައި 2،177 މީހުން ސޮއި ކޮށްފައިވާއިރު އެ ޕެޓިޝަން އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ސަރުކާރުން މިހާރު ބަޔާން ކޮށްފައިވާ ގޮތަށް ކޮވިޑްގެ ހާސްކަމާއެކު އެތަކެއް އާއިލާއެއް ގޮތް ހުސްވެފައިވާ ކަމަށެވެ. އަދި މާލީ ގޮތުން އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ ވަޒީފާތައް ގެއްލި ކުލި ދެއްކޭނޭ ގޮތެއް ނެތި މަގުމަތިވެފައިވާ ކަމަށެވެ. މި ހާލަތުގައި އޮތް ހަމައެކަނި އުންމީދަކީ، ހިޔާ ފުލެޓު ކަމަށްވެސް ބުނެފައިވެއެވެ.

އެ ޕެޓިޝަންގައި ދިރާސީ އަހަރު ފެށުމުގެ ކުރިން އެ ފްލެޓުތަކަށް ވަދެވޭނެ ގޮތް ހަދައި ދިނުމަށް އެދިފައިވެއެވެ.

"ވީމާ، ދިރާސީ އައު އަހަރާއެކު ފުލެޓުތަކަށް ވަދެވޭނޭ އިންތިޒާމް ފަހިވެގެން ދިޔުމަކީ އަޅުގަނޑުމެން އިންތިހާއަށް ބޭނުންވާ ކަމެކެވެ. އެހެންކަމުން މި އިންތިޒާމުތައް އަވަސް ކޮށްދެވުން އެދި ވަރަށް އާދޭހާއެކު އިލްތިމާސް ދަންނަވަމެވެ،" ޕެޓިޝަންގައިވެއެވެ.

އެ ޕެޓިޝަންގައި ބުނެފައި ވަނީ ހިޔާ ފުލެޓުތަކުގައި ދިރިއުޅެން ފެށޭވަރު ވުމުން، ދަރީން ގޮވައިގެން މާލެ ނައިސް ހުޅުމާލެ އިން ދަރީންގެ ކިޔެވުމުގެ ކަންކަން ފުރިހަމަވާނެ ގޮތެއް ވުމަކީ، ވަރަށް ގިނަ ހަރަދާއި ވަގުތު ވެސް ސަލާމަތްވެ، ދަރިންނާއި ބެލެނިވެރިންނަށް ވެސް ލުއިފަސޭހަ ވާނެ ކަމެއް ކަމަށެވެ. ހިޔާ ފުލެޓުތަކުގެ ޑައުން ޕޭމަންޓާއި، ފިނިޝިންގެ މަސައްކަތާއި، އަދި އެ މަސައްކަތްތަކަށް ބޭނުންވާ ލޯނާއި، މަހު ކުއްޔާ ގުޅިގެން، ވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށްވެސް ޕެޓިޝަންގައިވެއެވެ.

ހިޔާ ފްލެޓުތަކާއި ގުޅޭ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމަށް އާޒިމަށް ހުށަހެޅުއްވިއިރު އެ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހިޔާފުލެޓް ލިބުނުމީހުނަށް ވުރެ ނުލިބޭމީހުންގެޙާލު މާބޮޑު އެެކަމަކުއަދިވެސް އެހީވާންވީ ފުލެޓް ލިބުނުމީހުނަށްތަ ރާއްޖެތެރޭގައި ބިކަޙާލުގައިތިބި ކިތަށް މީހުން އެބަތިބިތަ ކަނުލޮލަށް ފެންނަނީ އަބަދުވެސް ވަކިބައަކަށް ކާންދޭންތަ

ހިޔާލު ދެއްވާ!

Your email address will not be published.