އެމްއެންޕީގެ އޮފީސް ހުޅުވާ ޕާޓީއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އެމްއެންޕީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޮފީސް ހުޅުވާލައި، އެޕާޓީ އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޕީ އަކީ ރައްޔިތުން މަޖިލީހުގެ ފަސް މެންބަރަކު އިސްވެގެން އުފެއްދި ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީގައި މަޖިލީހަށް އިންތިހާބުވި މިނިވަން ތިން މެންބަރުން ވެސް ހިމެނެއެވެ. މީގެއިތުރުން ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒުވެސް މި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެއެވެ.

އެޕާޓީން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ އެޕާޓީ އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެޕާޓީގެ ދޮރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 23:00އާ ހަމައަށް އެޕާޓީގެ އޮފީސް ހުޅުވިފައި ހުންނާނެ ކަމަށާއި ހުކުރު ދުވަހު އެޕާޓީގެ އޮފީސް ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

އެޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވަނީ އެޕާޓީ އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި އަދި އިންތިހާބުވެސް ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ފުރަތަމަވެސް ގޯސް ވެރިކަމަކީ ވަކިފަރާތަކުން ދެއްވާ ކަމެއް އެންމެ ކުޑަމިނުން ﷲ އިރާދަކުރެއް ވިއްޔާ އޭ ބުނިނަމަ!

ހިޔާލު ދެއްވާ!

Your email address will not be published.