އަލީ ވަހީދުގެ އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --

ސޯޝަލް މީޑިއާގައި މިހާރު ލީކުވެފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ލީކުވެގެން އުޅޭ އޯޑިއޯތަކާއި ގުޅޭ ގޮތުން ފުލުުހުންނަށް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯއެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ފުލުހުން ބުނީ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު ހުދު އަލީ ވަހީދުވެސް ވަނީ އެ އޯޑިއޯތަކާއި ގުޅިގެން ތަހުގީގެއް ހިންގެވުމަށް ގޮވާލާފައެވެ. އަދި އޭނާ އަންނަނީ އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި ވިދާޅުވީ މިކަމަކީ އެކި އަޑު ތަކުން އެކި ގޮތް ގޮތައް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށެވެ. އަދި މިނިސްޓަރުވަނީ، މިކަމަށް ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެކަމަށް ވިދާޅުވެފައެވެ.

މި އޯޑިއޯ ކްލިޕްތަކާއި ގުޅިގެން މިނިސްޓަރު އަލީ ވަހީދަށް ވަނީ އެތައް ބައެއްގެ ފާޑިކިޔުން އަމާޒު ވެފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މިނިސްޓަރު މަގާމުން އިސްތިއުފާ ދިނުމަށްވެސް އެދި ގޮވާލާފައެވެ.

ރޭ ލީކް ކޮށްފައިވާ އޯޑިއޯ ކްލިޕްގައިވެސް މިނިސްޓަރު އަލީ ވަހީދު، އިސްލާމްދީނުގައި ކުރުމަށް ހަރާމް ކޮށްފައިވާ އެތައް ކަންތައްތަކެއް ކުރުމަށް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ ފަރާތުން ބުނެފައި ވެއެވެ.

މީގެ އިތުރުން އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ ފަރާތުން، ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ރީތި ވާހަކައެވެ. އަދި އެކަމަނާ އަލީ ވަހީދަށް ގުޅުއްވާ ވާހަކައާ އަލީ ވަހީދާ އެކުގައި ގޯސް އަމަލުތަކެއް ހިންގަން ބޭނުންފުޅުވާ ކަމަށް ވިދާޅުފައިވާ ކަމަށް އެ އޯޑިއޯގައި އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ މީހާ ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.