ފިކުރު ދިމާ ނުވުމުން ޖަމީލް ޖޭޕީން ވަކިވެއްޖެ

ކުރީގެ ނާއިބު ރައީސް. ޑރ. މުހައްމަދު ޖަމީލް އަހުމަދު --

ސިޔާސީ ފިކުރު ދިމާނުވުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެންބަރު ކަމުން ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިވެވަޑައިގެންފިއެވެ.

ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ވިސްނުމާއި ދިވެހި ގައުމާ މެދު ހިތުގައި ބިންވަޅު ނެގިފައިވާ ތަސައްވަރު ފުރިހަމަކުރެއްވޭނެ ފަދަ މަސައްކަތްތަކެއް ޖުމްހޫރީ ޕާޓީގެ ތެރެއިން ކުރެއްވުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށެވެ.

ޖަމީލް، ޖޭޕީގައި އެދިވަޑައިގަތީ ޕާޓީގެ ދަފްތަރުން ނަން އުނިކުރުމާ އެކު މަގާމްތަކުން ވެސް ވަކިކޮށްދެއްވުމަށެވެ.

ޖަމީލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވިއިރު އޭނާ ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަވެސް ކުރައްވާފައެވެ. އެހެންނަމަވެސް އޭނާ ވަނީ އިންތިހާބުގައި ނާކާމިޔާބުވެފައެވެ. އިންތިހާބުން ނާކާމިޔާބުވި ހިސާބުން ޖަމީލް ފެންނަން ފެށީ، އޭނާ ނާއިބު ރައީސްކަމަށް ވަޑައިގެންނެވިއިރު ހުންނެވި ސިޔާސީ ޕާޓީ ޕީޕީއެމްގެ ބައެއް ހަރަކާތްތަކުންނެވެ. އެގޮތުން ޖަމީލް ވަނީ މިދިޔަ ރޯދަ މަހު ރައީސް ޔާމީން ދެއްވި ތަރާވީހަކަށްވެސް ވަޑައިގެންފައެވެ.

ހަމައެއާއެކުގައި ޑރ. ޖަމީލް މިފަހުން މުޅިންހެންވެސް އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި މަސައްކަތް ކުރެއްވުމުގައެވެ. ޑރ. ޖަމީލަކީ ރައީސް ޔާމީން ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ފަރާތްވެސް މެއެވެ.

Leave a Reply

Your email address will not be published. Required fields are marked *