މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް 3000 ހައުސިން ޔުނިޓު

ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން އިތުރު 3000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފިއެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހިފައި ހުރި މަސައްކަތް ބައިވަރު އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ސީދާ މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން 4،000 ހައުސިންގ ޔުނިޓް އަޅައިދޭނެކަމަށް ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެ ވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ދިރާސާކޮށް ބަލާއިރުގައި، އެއަށްވުރެ އިތުރަށް ހައުސިން ޔުނިޓުތައް ބޭނުންވާ ކަމަށެވެ

"އެހެންކަމުން، އަޅުގަނޑުމެންގެ އެ ދިރާސާގެ އަލީގައި އެއަށް ބަދަލުގެނެސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރަށްވެހިންނަށް އިތުރަށް ބޭނުންވާނޭ ބޯހިޔާވަހިކަމުގެ މަސައްކަތްވެސް ކުރުމުގެ މަސައްކަތް ފަށަމުން. މިގޮތުން، ކުރިއަށް މިއޮތް މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުރަތަމަ އަޅަން ގަސްދުކުރާ އެއްހާސް ހަތްސަތޭކަ ހައުސިންގ ޔުނިޓާއި، އެއްހާސް ތިންސަތޭކަ ހައުސިންގ ޔުނިޓް، މުޅިއެކު ތިންހާސް ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން، އިތުރު 4،000 ހައުސިންގ ޔުނިޓުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ކުރީގެ ސަރުކާރުތަކުން ވަޢުދުވެފައިވާ ގޮތަށް، ހިޔާ މަޝްރޫޢަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވަޢުދުވެ، އެއްބަސްވެފައިވާގޮތަށް، އެކަންތައްތައް ލަހެއްނުވެ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *