ކާނަލް ނާޒިމްއާ އެމްޓީސީސީ އެމްޑީ އާޒިމްގެ ބައްޕަ ނިޔާވެއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމްގެ ބައްޕާފުޅު އަބްދުއް ރަޝީދު އަވަހާރަވެއްޖެއެވެ.

އަބްދުއްރަޝީދު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.

އަބްދުއްރަޝީދު ވަނީ އާލާސްކަންފުޅަށް އަވައްޓެރި ސްރީ ލަންކާއިން ވެސް ވަރަށް ގިނައިން ފަރުވާ ހޯއްދަވާފަ އެވެ.

އާރްސީސީއަކީ ރަޝީދު ކާޕެންޓަރީގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. ކުންފުނީގެ ޗެއާމަން އަބްދުއް ރަޝީދު ފެއްޓެވި އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ މަސައްކަތްތައް މިހާރު ބަލަހައްޓަނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަޝީދާއި އޭނާގެ ދަރިކަލުން ނާޒިމާއި އާއިލާގެ ބައެއް އެހެން މަންބަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *