އިންޑިޔާގައި ކަރަންޓީން ކޮށްފައި ތިބި ދިވެހިން މާދަމާ ރާއްޖެ ގެންނަނީ

ވޫހާންގައި ތިބި ދިވެހިން --

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާގައި ކަރަންޓިން ކުރުމަށް ގެންދިޔަ ހަތް ދިވެއްސަކު މާދަމާ ރައްޖެއަށް ގެންނައުމަށް ހަމަޖައްސައިފިއެވެ.

އެނގިފައިވާ ގޮތުގައި އިންޑިޔާގައި ކަރަންޓީންކުރި ހަތް ދިވެހިންވެސްވަނީ މިއަދު ދުކޮށްލާފައެވެ. އަދި މާދަމާ އެމީހުން ރާއްޖެ ގެނައުމަށްވަނީ ހަމަޖައްސާފައެވެ.

ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވީ 7 ދިވެހިން ނެވެ.

އޭގެތެރޭގައި ފަސް އަންހެނަކާއި އެއް ފިރިހެނަކާއި ކުޑަކުއްޖަކު ހިމެނެއެވެ. ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންގޮސްފައިވަނީ އެއާ އިންޑިއާގެ ހާއްސަ ފްލައިޓެއްގައި މިމަހުގެ ދެވަނަ ދުވަހުއެވެ.

މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ. އެގޮތުން ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހީންވެސް ވަނީ ނިއުދިއްލީއަށް ގެންގޮސް ކަރަންޓީންކޮށްފައެވެ.

އެ ހަތް ދިވެހިންވެސް އެ ވައިރަހަށް ނެގަޓިވް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވޫހާން ސިޓީއިން ނެރުނު ހަތް ދިވެހީން ކަރަންޓީންކޮށްފައިވަނީ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައެވެ. ދިއްލީ ކައިރީގައި އޮންނަ ކަރަންޓީން ފެސިލިޓީގައި ހަތް ދިވެހީންވެސް 14 ދުވަހަށް ވަނީ ކަރަންޓީން ކޮށްފައެވެ.

މީގެ ކުރިން ރާއްޖޭގައިވެސް އެ ވައިރަހަށް ޝައްކުކުރެވުނު މީހުން ވެސް ވަނީ ޓެސްޓުތައް ނެގެޓިވްވުމުން ދޫކޮށްލައިފަ އެވެ. އެ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން ވަނީ ސީދާ ޗައިނާއިން އަންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް، ސީދާ ދަތުރުތައްވެސް މެދުކަނޑާލައިފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.