ރައީސްގެ ކާރުކޮޅަށް ފެން އެޅުނީ ގަސްތަކަށް ފެން ދޭން އުޅެނިކޮށް

ރައީސްގެ ކާރުކޮޅު މަގެއްގައި ދުއްވާފައި ދަނީ --

ރައީސްގެ ކާރު ކޮޅު މައްޗަށް ގަސްތުގަ މީހަކު ފެން ބަންޑުން ކޮށްލީ ނޫންކަމަށާއި، އެއީ ގަސްތަކަށް ފެންދޭން އުޅުމުގެ ތެރޭގައިވި ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ފެބްރުއަރީ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައީސްގެ ކާރު ކޮޅު މައްޗަށް ހެންވޭރުގައި ހުރި އިމާރާތަކުން ފެން އެއްޗެއް ބަންޑުން ކޮށްލި ކަމަށް ބެލެވޭ މައްސަލައާއި ގުޅިގެން އެކަން ފުލުހުން ބެލި ބެލުމުން އެ ހާދިސާ ހިނގީ އެގޭ ޓެރެސް މަތީގައި ހުރި ގަސް ތަކަކަށް ފެން ދިނުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެއީ ގަސްތުގަ މީހަކު ކުރި ކަމެއް ނޫންކަމަށް ފުލުހުންގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ.

ރައީސްގެ ކާރު ކޮޅު މައްޗަށް ހެންވޭރު ގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓަކުން ފެން އެއްޗެއް ބަންޑުން ކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ ފަނަރަ ވަނަ ދުވަހުއެވެ.

އެހާދިސާ ހިނގި ވަގުތު ކާރު ކޮޅުގައި އިނީ ޑްރައިވަރު އެކަންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *