25 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ޝަރީފް ބީއެމްއެލްއިން އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯއަކަށް ހުންނެވި މުހައްމަދު ޝަރީފު އެ ބޭންކުގައި 25 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށްފަހު އެ ކުންފުނިން އިސްތިއުފާ ދެއްވައިފިއެވެ.

ޝަރީފަކީ ބީއެމްއެލްގެ އެކި މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ހެޑް އޮފް ކާޑް ސެންޓަރު، ރީޓެއިލް ބޭންކިން ޑިރެކްޓަރު އަދި އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމު ފުރުައްވާފައެވެ.

ޝަރީފް މަގާމުން އިސްތިއުފާ ދެއްވީ ކީއްވެ ކަމެއް ހާމައެއް ނުކުރައްވައެވެ.އެނގިފައިވާ ގޮތުގައި ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމަށް އެކި ފަރާތްތަކުން އޭނާއަށް ދިޔައީ ޕްރެޝަރު ކުރަމުންނެވެ.

ޝަރީފް މަގާމުން އިސްތިއުފާ ދެއްވި އިރު މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވި މައްސަލަވަނީ ފުލުހުންނަށް ހުށަހަޅަފައެވެ.
ޝަރީފު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ބީއެމްއެލް ޖަވާބުދާރީ ކުރުވުމަށެވެ. ނަމަވެސް ޚިޔާނާތުގައި އެ ބޭންކުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.