ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތް އެސްޓީއޯގެ ހިއްސާ ދޫކޮށްލައިފި

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ގަން އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގައި ހިމެނޭ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާ ދޫކޮށްލުމަށް އެކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ، އައްޑޫ އެއާޕޯޓަކީ ދިވެހި ދަޢުލަތާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާއި އެސްޓީއޯ ގެ ހިއްސާ ހިމެނޭ އެއާޕޯޓެއް ކަމަށެވެ.

އަދި އެ ކުންފުންޏަކީ 2011 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ލިމިޓެޑު ލަޔަބިލިޓީ ކުންފުންޏެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޭއައިއޭގައި އެސްޓީއޯގެ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1،000 ރުފިޔާގެ 40،000 ހިއްސާ ކަމަށެވެ.

އެސްޓީއޯއިން ބުނީ އޭއައިއޭގައި ހިމެނޭ އެސްޓީއޯގެ ހުރިހާ ހިއްސާއެއް ވަނީ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *