ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަކަށް ފައިސަލް

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި/ ފޮޓޯ: ޓުވީޓާ

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް ފައިސަލް އާދަމް މިއަދު އައްޔަންކުރައްވައިފިއެވެ.

ފައިސަލް އާދަމް އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނަކަށް ހުންނެވި ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަށް މިދިޔަ މަހު އައްޔަންކުރީ ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ރައުފާ ހައިދަރު އެވެ.

އޭނާ ވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން 2014 ވަނަ އަހަރުގެ، މޭއި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް މިހާތަނަށް އެކި ބޭފުޅުން އައްޔަންކުރަމުން އައީ ވަގުތީ ގޮތުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *