ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް އިދިކޮޅުގެ ބައްދަލުވުމެއް މިއަދު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބާރުދާރީވުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އީސްގެ ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 12:30 ގައި މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގަައި އޮންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާޓީ [އެމްޑީޕީ] ގެ މެންބަރުންނެއް އެ ކޮޓަރިކޮޅަކަށް ވަދެވަޑައެއް ނުގަންނަވާނެ. އެ ތަނުގައިވާ ކަންކަން ބެލުމަށް ވަދެވަޑައިގަތުމަކީ ވެސް ބުއްދިވެރި ކަމެއް ނޫން.” ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް ނަޝީދު ވިދާޅުވަނީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަކީ އިދިކޮޅުގެ ޒިންމާއެއް ކަމަށާއި ނަމަވެސް އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޖެހިގެން އައި ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް ވަނީ ހަމަޖައްސާފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހުންނެވި ސަލީމް އެ ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން ރައީސްގެ ޕާޓީ، އެމްޑީޕީ ފިޔަވައި މަޖިލީހުގައި ދެން ތިބި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށެވެ. މިއަދު ބާއްވާ ބައްދަލުވުމަކީ އެ ކަމަށް ބާއްވާ ބައްދަލުވުމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.