ކާރެއް ކޮންޓްރޯލް ނުވެގެން ހޮޅިދަނޑިއަކަށް އަރައިފި

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑިއަކަށް އަރައިފިއެވެ.

މިކަމާއި ގުޅިގން ފުލުހުން ބުނީ، ހުޅުމަލޭ ބޯށިމަގު އެމްޑައިބްލިއުއެސްސި ކައިރިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން އެ ސަރަހައްދުގައި ހުރި ހޮޅިދަނޑިއަކަށް އަރާ އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:45 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވްނ އިނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާއަށް އަނިޔާ ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ކާރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓު ހިނގި އިރު ކާރު ދުއްވަން އިން މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *