އަލީ ވަހީދުގަ މައްޗަށް ތަހުގީގެއް ހިނގުމަށް އޭނާ އަމިއްލައަށް ގޮވާލައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ---

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތަހުގީގެއް ހިންގުމަށް އޭނާ އަމިއްލަޔަށް ގޮވާލައިފި އެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ގޮވާލާފައިވަނީ، މިނިސްޓަރު ވާހަކަ ދައްކަވާ އޯޑިއޯތަކެއް ކަމަށް ބުނެ އާންމުވަމުން އަން އޯޑިއޯ ކްލިޕްތަކާއި ގުޅިގެން ނެވެ.

އެ އޯޑިއޯ ކްލިޕްތަކުގައި، ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އޭގެތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ހިމެނިވަޑައިގަންނަވައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުރުވަމުންދަނީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި، މިކަމަކީ އެކި އަޑު ތަކުން އެކި ގޮތް ގޮތައް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށެވެ. އަދި މިނިސްޓަރުވަނީ، މިކަމަށް ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެކަމަށް ވިދާޅުވެފައެވެ.

މި އޯޑިއޯ ކްލިޕްތަކާއި ގުޅިގެން މިނިސްޓަރު އަލީ ވަހީދަށް ވަނީ އެތައް ބައެއްގެ ފާޑިކިޔުން އަމާޒު ވެފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މިނިސްޓަރު މަގާމުން އިސްތިއުފާ ދިނުމަށްވެސް އެދި ގޮވާލާފައެވެ.

ހަމައެކަނި ރޭ ލީކް ކޮށްފައިވާ އޯޑިއޯ ކްލިޕްގައިވެސް މިނިސްޓަރު އަލީ ވަހީދު، އިސްލާމްދީނުގައި ކުރުމަށް ހަރާމް ކޮށްފައިވާ އެތައް ކަންތައްތަކެއް ކުރުމަށް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ ފަރާތުން ބުނެފައި ވެއެވެ.

މީގެ އިތުރުން އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ ފަރާތުން، ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ރީތި ވާހަކައެވެ. އަދި އެކަމަނާ އަލީ ވަހީދަށް ގުޅުއްވާ ވާހަކައާ އަލީ ވަހީދާ އެކުގައި ގޯސް އަމަލުތަކެއް ހިންގަން ބޭނުންފުޅުވާ ކަމަށް ވިދާޅުފައިވާ ކަމަށް އެ އޯޑިއޯގައި އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ މީހާ ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.