ހެލްތް މިނިސްޓަރީގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކޮށްފި

ޑެޕިއުޓީ ހެލްތް މިނިސްޓަރަކަށް ބޭފުޅަކު އައަޔަންކޮށްފި/ ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް، ދަފްތަރު ނަންބަރު 115-94، އަބޫބަކުރު ޢަބްދުލްކަރީމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

އަބޫބަކުރު ޢަބްދުލްކަރީމް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރގެ މަޤާމުގައެވެ.

އަބޫބަކުރު ޢަބްދުލްކަރީމް ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރގެ މަޤާމުވެސް ފުރުއްވާފައެވެ.

އަބޫބަކުރު ޢަބްދުލްކަރީމަކީ ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ދާއިރާއިން ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން އަބޫބަކުރު ޢަބްދުލްކަރީމް ވަނީ އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *