އަންހެނުން ތަރައްގީގެ އެމްޑީޕީ ޕްރައިމަރީ މާދަމާ ބާއްވަނީ

އެމްޑީޕީގެ ޕްައިމަރީގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ ޓުވީޓާ

އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް، ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) 2020 އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މާދަމާ މެންދުރު 14:30 އިން ރޭގަނޑު 21:00އަށް އޮންނާނެ ކަމަށެވެ.

އަދި މިއާއެކު ވޯޓުލާ މަރުކަޒުތަކާބެހޭ ތަފްސިލްވެސް ވަނީ އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24ވަނަ ދުވަސް ކަމަށެވެ. ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހު 15:00އެވެ.

Leave a Reply

Your email address will not be published. Required fields are marked *