އިންސްޕެކްޓާ އޮފް ކަރެކްޝަންގެ މަގާމަށް ނޫރާ

އިންސްޕެކްޓާ އޮފް ކަރެކްޝަންގެ މަގާމަށް ނޫރާ / ފޮޓޯ: ހޯމް މިނިސްޓްރީ

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ހ.ނޫމުތީ، އައިޝަތު ނޫރާ މުހައްމަދު ހަމަޖައްސައިފިއެވެ.

ނޫރާއަކީ މާސްޓާސް އޮފް އާރޓްސްއިން އިންޓަރނޭޝަނަލް ސްޓަޑީޒް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް، ނޫރާ ހަމަޖެއްސުމާއެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އޭނާއާ މިއަދު ބައްދަލުކުރައްވާފައެވެ.

މީގެކުރިން އިންސްޕެކްޓާ އޮފް ކަރެކްޝަންގެ މަގާމުގައި ހުންނެވީ މިހާރުގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒު މަގާމުން ވަކި ކުރައްވާ ކޮމިޝަނަރަކަށް އަހުމަދުފުޅު އައްޔަން ކުރެއްވި ހިސާބުން އިންސްޕެކްޓާ އޮފް ކަރެކްޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *