އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

އަބްދުﷲ ގާޒީ --

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ އަބްދުﷲ ގާޒީގެ މައްސަލައެއް ބެލުމަށް ނިންމާފައެވެ. އެހެންނަމަވެސް ބަލަނީ އަބްދުﷲ ގާޒީގެ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް ހުންނެވުމަށްފަހު ފެމިލީ ކޯޓަށް ބަދަލު ކުރެއްވީ 2016ވަނަ އަހަރުގެ ތެރޭގައެވެ.

އަބްދުﷲ ގާޒީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހައްޔަރު ކުރެއްވި ބޭފުޅެކެވެ. އެ މައްސަލާގައި ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ހުކުމެއްވެސް ކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *