ރޭ އަލިފާން ރޯވި ގޭގެ މީހުންނަށް ޑިޒާސްޓާއިން އެހީތެރިވެއްޖެ

ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ގ. ޕެރެސައިޑު ގޭގެ އެއްވަނަ ފަންގިފިލާގައި އުޅޭ މީހުންނަށް ޑިޒާސްޓާ މޭނޭޖްމަންޓް އޮތޯރިޓީއިން އެހީވެދީފިއެވެ.

ޑިޒާސްޓާއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އެޕާޓްމަންޓްގައި އަދި އުޅެން ރައްކާތެރިނޫން ކަން ކަނޑައަޅާފއިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި ދިރިއުޅެމުން ދިޔަ ހަ ފިރިހެނުންނަށް ދެ ރޭ ވަންދެން ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅުމަށް ފައިސާ ދީފައިވާނެ ކަމަށް ޑިޒާސްޓާއިން ބުންޏެވެ. އެގޮތުން ކޮންމެ މީހަކަށް 650 ރުފިޔާ ވަނީ ދީފައެވެ.

މީގެއިތުރުން އެމީހުންގެ އަންނައުނުތައް އަނދާފައިވުމުން ކޮންމެ މީހަކަށް 1500 ރުފިޔާ ދީފައިވާ ކަމަށް ޑިޒާސްޓާއިން ބުނެއެވެ.

އަލިފާން ރޯވީ ސިޓިން ރޫމްގައި ހުންނަ ޑީ ބޯޑެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *