ޝެއިހް މުހައްމަދު ހަސަން އިންޑޮނޭޝިއާ އިން ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު އިންޑޮނޭޝިއާއިން ހައްޔަރުކުރި ހަތަރު ދިވެހިންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަންވެސް ހިމެނިއްޖެއެވެ.

ފުލުހުން ބުނީ އެމީހުން އިންޑޮނޭޝިޔާއަށް ދިޔައީ މެލޭޝިޔާ މަގުން ކަމަށާއި، ހައްޔަރު ކުރީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަދި އެނބުރި ރާއްޖެވެސް އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ހައްޔަރުކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް "ހަތާވީސް އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މި ހަތަރު މީހުންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަންވެސް ހިމެނެއެވެ.

މުހައްމަދ ހަސަން އަކީ ރާއްޖޭގައި ހަރުކަށި ފިކުރ ފެތުރުމާއި  ދީނީ ގޮތުން ހިޔާލު ތަފާތުވާ ކަންކަމުގައި މުޅިން ތަފާތު ވަކި ގޮތަކަށް ކަންކަން ކުރުމަށް ބާރު އަޅާ ކަމުގެ ތުހުމަތުގައި އިސްލާމިކް މިނިސްޓްރީން ހުއްދަ ބާތިލް ކޮށްފައިވާ އިލްމުވެރިއެކެވެ.

މި ހަތަރު މީހުންވެސް އިއްޔެ އެނބުރި ރާއްޖެ ވަނީ އައިސްފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *