ދެމަފިރިން ނިދާފައި އޮއްވާ ގޮތް ނޭނގޭ މީހަކު އައިސް އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފި

މެދު ރާއްޖެތެރޭ ރަށެއްގައި ދެމަފިރިއަކު ނިދާފައި އޮއްވާ ގޮތް ނޭނގޭ މީހަކު އައިސް އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 6:20 އެހާކަށްހާއިރު ކަމަށެވެ. އަދި ބުނީ ދެމަރިރިން ނިދާފައިވާ ތިއްބާ ނިދާފައި ތިބި ކޮޓަރިއަށް ގޮތް ނޭނގޭ މީހަކު ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ހުށަހެޅި ކަމަށެވެ.

މި މައްސަލައިގެ އިތުރުންވެސް މެދު ރާއްޖެ ތެރޭގެ އިތުރު ރަށެއްގައި 38 އަހަރުގެ ދިވެހި އަންހެނަކާއި މެދު 52 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.