މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެ

މީގެކުރިން މާލޭގައި ހިނގާދިޔަ އެކްސިޑެންޓެއްގެ ތެރެއިން --

މިރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގީ މިރޭ 22:26 ހާއިރުއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ބުރުޒު މަގު ޕީޓްރަލް ކައިރީގައި ކަމަށެވެ. މި އެކްސިޑެންޓު ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވީ 26 އަހަރުގެ މުހައްމަދު މިދުހަތު ނަމަކަށް ކިޔާ ޒުވާނެކެވެ.

މި ހާދިސާއާ ގުޅުންހުރި ތަފްސީލް ހޯދާލުމަށް ފުލުހުންނަށްވެސް އަދި އައިޖީއެމްއެޗަށް ތަކުރާރުކޮށް ގުޅާ މެސެޖު ކުރުމުންވެސް ފޯނަށް ޖަވާބު ނުދޭތީ އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވެއެވެ.

މި ހާދިސާގައި އަނިޔާވި ދެވަނަ މީހާއަށް ލިބުނު އަނިޔާތަކުގެވެސް އެއްވެސް ތަފްސީލެއް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *