"ބީޗު ވޮލީ ކޯޓަކީ ރައީސް ޔާމީން ތަރައްގީ ކޮށްފައި އޮތް ތަނެއް، މި ސަރުކާރުން އަޅާނީ ވެލިކޮޅެއް އެކަނި"

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ހުޅުމާލޭގައި ހުޅުވައިދެއްވި ބީޗު ވޮލީ ކޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީ ކޮށްދެއްވި ތަނެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިޔާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީޗު ވޮލީ ކޯޓަކީ މީގެ ދެ އަހަރު ކުރިން ރައީސް ޔާމީން ތަރައްގީ ކޮށްދެއްވާފައިވާ ތަނެއް ކަމަށެވެ. އަދި އެތަނަށް މި ސަރުކާރުން ކުރި ހަމައެކަނި ކަމަކީ ވެލި ކޮޅެއް އަޅާލުން ކަމަށާއި އެކަމުގެ އިތުރަށް އެތަނަށް އެއްވެސް ހަރަދެއް މި ސަރުކާރުން ކޮށްފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރިބަން ކަނޑާލަން ނިކަން ކުޅަދާނަ ސަރުކާރެއް" ޝިޔާމް ވިދާޅުވިއެވެ.

އިއްޔެ ހަވީރު ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހިމެނިވަޑައިގަންނަވާ ޓީމާއި ގައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަހުމަދު އަދި އަހުމަދު އަލީ ހިމެނޭ ޓީމާއެކު ވޮލީމެޗެއް ވެސް ކުޅުއްވާފައިވެއެވެ.

ރާއްޖޭގައި އަޅާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ވޮލީ ޓްރެއިނިނގް ކޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައި ދެއްވިއިރ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ވަނީ ރިހި މެޑެލް ހޯދާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.