މާލޭގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި މިރޭ ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގީ މިރޭ 22:26 ހާއިރުއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ބުރުޒު މަގު ޕީޓްރަލް ކައިރީގައި ކަމަށެވެ. މި އެކްސިޑެންޓު ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ދެ ސައިކަލްގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހުންނަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.