އުނގޫފާރު މިސްކިތުގެ ފަންޑު ފޮށި ފަޅާލައިފި، އެއްވެސް ފައިސާއެއް ނުގެންދޭ!

އުނގޫފާރު ފަންޑު ފޮށި ހަލާކުކޮށްލާފައި -- ފޮޓޯ /ޕޮލިސް

ރ.އުނގޫފާރުގެ މިސްކިތެއްގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓަކުން ވައްކަން ކުރަން މަސައްކަތްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިއަދު ހަވީރު 5:10 ހާއިރު އުނގޫފާރު "މަސްޖިދުލް ތަގުވާ" މިސްކިތުގެ ފަންޑު ފޮށި ހަލާކުކޮށްލައިގެން ފަންޑު ފޮށިން ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ބެލި ބެލުމުން މި ފަންޑު ފޮށިން އެއްވެސް އެއްޗެއް ގެއްލިފައި ނުވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.