ސްނޯކްލިންއަށް ދިޔަ ދިވެއްސަކު އަނެއްކާވެސް މަރުވެއްޖެ

ސްނޯކްލިންއަށް ދިޔަ ދިވެއްސަކު އަނެއްކާވެސް މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު އއ. މަޔާފުށި ކަރީގައި އޮތް ސަފާރީއަކުން ރޭގަނޑު ސްނޯކްލިންގްއަށް ދިޔަ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައިވަނީ، މިރޭ 21:40 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ، އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަންދަނީ ބަލަމުން ނެވެ.

އއ. މަޔާފުށިން ސްނޯކްލިންއަޑް ދިޔަ ދިވެއްސަކު މިރޭ މަރުވެފައިވާއިރު، އިއްޔެވެސް ވަނީ އއ. މަޑިވަރު ބޭރުގައި ސްނޯކްލިން އަށް ދިޔަ ދިވެއްސަކު މަރުވެފައެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *