ދައުރުވަމުން ދަނީ ސައްހަ އޯޑިއޯއެއް ނޫން، އެއީ އަބުރު ކަތިލަން ހިންގާ ޖަރީމާއެއް: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: މިހާރު

ދައުރުވަމުންދާ އޯޑިއޯ ތަކަކީ ސައްހަ އެއްޗެއް ނޫންކަމަށާއި، އެއީ އަބުރު ކަތިލަމަށް ހިންގާ ޖަރީމާތަކަކުން އަޒުމެއް ނުގުޑާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަޅި ވަހީދް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ، ދެ އޯޑިއޯއެއް ކްލިޕެއް ސޯޝަލް މީޑިއާގައި މިރޭ ލީކްކުރުމާއި ގުޅިގެންނެވެ.

އޭގެތެރެއިން އެއް އޯޑިއޯ ކްލިޕްގައިވަނީ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކަވާފަ ހުރި އޯޑިއޯއެކެވެ.

އަދި ދެވަނަ ކްލިޕްގައި އަލީ ވަހީދުވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތް އަލީއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މި ވީޑިއޯ އާންމުކޮށްފައިވަނީ "ލީކްސް އެމްވީ" ނަމަކަށް ކިޔާ ޓުވީޓާ އެކައުންޓުން ނެވެ. މިކަމާއި ގުޅިގެން މިނިސްޓަރު އަލީ ވަހީދް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން އޭނާގެ އަޒުމެއް ނުގުޑާނެ އަދި ހިތްވަރެއް ބައްޔެއް ވެސް ނުކުރެވޭނެ ކަމަށެވެ. އަދި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ދައުރުވަމުންދާ އޯޑިއޯގައި ވާހަކަ ދައްކާފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ކޮރޯނާ ވައިރަހާ ގުޅިގެން މާސްކާއި ކެމެރާ އަދި ކަރަންޓީނު ފެސިލިޓީ ވެސް ހެދީ އޭނާ ކަމަށާއި މިނިސްޓަރު އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށް އަލީ ވަހީދު އެ އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ނިސްބަތްކޮށް އަލީ ވަހީދު ވާހަކަ ދެއްކެވި އޯޑިއޯގައިވެސް އަލީ ވަހީދު އެޑިއުކޭޝަން މިނިސްޓަރަށް ވެސް ހުތުރު ބަސްތަކެއް ރައްދުކޮށްފައިވާއިރު މިނިސްޓްރީގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑު ވިދާޅުވެފައިވެއެވެ.

3 thoughts on “ދައުރުވަމުން ދަނީ ސައްހަ އޯޑިއޯއެއް ނޫން، އެއީ އަބުރު ކަތިލަން ހިންގާ ޖަރީމާއެއް: އަލީ ވަހީދު

  1. Aburey. Abureh ebaoth tha. Hedhunihaa dhogaa makaraa hadhamun majilis kudakoh
    Hayaath govaa gayah bolah aramun nuvithaakah majilis ge ehchethithah halaaku
    Kuramun dhuvi iru aburu konthaakahbaa laafa dhiyaiee. Kobaa ladhu. Neygey dhow ladhugannan ves. Keeh kuraanee. Adhabaai sadhabu maamahchah dhasvefa hureema vedhaane thihenves. Balaga. Gehlihje abureh anburaa nulibeyne. Nuvithanakah rahyyithunnah kithanme kudaves aniyaaeh majilis member ehge kibain kurevifa othnama giyaamath dhuvahun javaabu dhaaree vaanjeheyne. Mivaru dhannandhow. Bodu tie alhaafa rath aafalaa dhon oranjaa kaan bodu meyzu kairi fuhppaafaka edhuvahakun needheveyne.

  2. Aburey. Abureh ebaoth tha. Hedhunihaa dhogaa makaraa hadhamun majilis kudakoh
    Hayaath govaa gayah bolah aramun nuvithaakah majilis ge ehchethithah halaaku
    Kuramun dhuvi iru aburu konthaakahbaa laafa dhiyaiee. Kobaa ladhu. Neygey dhow ladhugannan ves. Keeh kuraanee. Adhabaai sadhabu maamahchah dhasvefa hureema vedhaane thihenves. Balaga. Gehlihje abureh anburaa nulibeyne. Nuvithanakah rahyyithunnah kithanme kudaves aniyaaeh majilis member ehge kibain kurevifa othnama giyaamath dhuvahun javaabu dhaaree vaanjeheyne. Mivaru dhannandhow. Bodu tie alhaafa rath aafalaa dhon oranjaa kaan bodu meyzu kairi fuhppaafaka edhuvahakun needheveyne.

Leave a Reply

Your email address will not be published.