ހެންވޭރު ގެއެއްގައި އަލިފާން ރޯވެއްޖެ

މާލެ ސިޓީ-

މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނީ، އަލިފާން ރޯވެފައިވަނީ ޝަބްނަމް މަގުގައި ހުރި ގެއެއްގައި ކަމަށެވެ.

އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 21:18 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ނެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ، އަލިފާން ރޯވެފައިވަޏީ ގ. ޕިޔޯ ސައިޑް ނަމަކަށް ކިޔާ ގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ، މި އަލިފާންގަނޑު ރޯވެފައިވަނީ ކޮޓަރީގެ ކަރަންޓު ޑީ ބޯޑެއްގައި ކަމަށެވެ. އަދި އަލިފާނުގެ އަސަރު ދޮންނަ މެޝިނަށް ކޮށްފައިވާ ކަމަށާއި، ބައެއް އަންނައުނުތައްވެސް އަނދާފައިވަ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ނުލިބޭކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އަދި މި އަލިފާންގަނަޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *