ބީޗް ވޮލީ ޓްރެއިނިން ކޯޓް ރައީސް ހުޅުވައިދެއްވައިފި

ބީޗު ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި އަޅާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ވޮލީ ޓްރެއިނިން ކޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހިމެނިވަޑައިގަންނަވާ ޓީމާއި ގައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަހުމަދު އަދި އަހުމަދު އަލީ ހިމެނޭ ޓީމާއެކު ވޮލީމެޗެއް ވެސް ކުޅުއްވާފައިވެއެވެ.

ފަސް ޕޮއިންޓަށް ކުޅުނު މި މެޗް 5- 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގައުމީ ބީޗް ވޮލީ ޓީމުގެ ދެކުޅުންތެރިން ހިމެނޭ ޓީމުންނެވެ.

އެއަށްފަހު ދެން ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެ ވަޑައިގެންނެވި ޔޫތު މިނިސްޓްރީގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ބައްދަލުކުރި މެޗެކެވެ. މި މެޗް 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ މިނިސްޓްރީގެ ވޮލީޓީމުންނެވެ.

ރާއްޖޭގައި އަޅާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ވޮލީ ޓްރެއިނިނގް ކޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައި ދެއްވިއިރ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ވަނީ ރިހި މެޑެލް ހޯދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *