ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި

ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި/ ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ރޭ ރާއްޖެއައި އުމުރުން 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކުރި އިރު، މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ގުޅަތަކެއް ފެނިފައިވާ ކަމަށެވެ.

އަދި އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ، އެމްފެޓަމިން/ ޔާބާ އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ އޭނާގެ ލަގެޖްގެ ތެރެއިން ޖުމްލަ 1932 އެމްފެޓަމިން ގުޅަ ފެނިފައިވާ ކަމަށެވެ. އަދި މިތަކެތީގެ އަގު އެއްލައްކަ ނުވަދިހަ ތިން ހާސް ދުއިސައްތަ (193،200.00) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލައިގަ ޝާމިލްވާ މީހާއާއި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ފުލުހުންނާއި ހަވަލު ކުރެވިފައި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.