ނަރުދޫގެ މަގުތަކުގައި ފެންބޮޑުވެ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

ށ. ނަރުދޫއަށް ބޯކޮށް ވާރޭވެހި އެރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވެވުމާއި ގުޅިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ނުރުދޫގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފްގެ ނަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ސިފައިން އެހީތެރިކަން ފޮރުކޮށްދީފައިވަނީ ރޭ ފަތިހު 5:15 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގައި އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމަތު ދެއެވެ.

މެޓް އޮފީހުން ބުނީ، އުތުރާއި އިރު އުތުރުން އަދި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، އެހެން އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލައި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.