ރައީސްގެ ކާރު ކޮޅަށް ފެން އެއްޗެއް ބަންޑުން ޖަހާލި މައްސަލައެއް ބަލަނީ

ރައީސްގެ ކާރުކޮޅު މަގެއްގައި ދުއްވާފައި ދަނީ --

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސްގެ ކާރު ކޮޅު މައްޗަށް ފެންއެއްޗެއް ބަންޑުންކޮށްލި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސްގެ ކާރު ކޮޅު މައްޗަށް ހެންވޭރު ގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓަކުން ފެން އެއްޗެއް ބަންޑުން ކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި ހާދިސާ ހިނގި ވަގުތު ކާރު ކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ރައީސްގެ ކާރު ކޮޅު މައްޗަށް ފެންއެއްޗެއް ބަންޑުންކޮށްލި މައްސަލައެއް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާއިރު، ރައީސް މިއަދު ހެންދުނު ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މި ހަރަކާތް ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސް ޕޯސްޓަރު ހަރު ކުރަން ފެއްޓެވީ އެމްޑީޕީ ހަރުގެ ކައިރީގައެވެ.

Leave a Reply

Your email address will not be published. Required fields are marked *