ފޯމު ހުށަހަޅަން އައި އާއްމު ފަރާތަކުން އީސީގެ މުވައްޒަފުންނަށް ބިރު ދައްކައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އައި އާއްމު ފަރާތަކުން އެ ކޮމިޝަނުގެ މުވައްޒަފުންތަކަކަށް ބިރު ދައްކާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގެ ފޯމު ހުށަހެޅުމަށް އިލެކްޝަނަށް އައި އާއްމު ފަރާތަކުން އެ ކޮމިޝަނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށެވެ.  އިލެކްޝަނުން ބުނީ އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކާ އިންޒާރު ދިނުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެ ކޮމިޝަނުން އަޅަމުން ގެންދާނެ ކަމަށެވެ. އިލެކްޝަނުން ވަނީ ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނާއި އެކު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމަށް އިލެކްޝަނުން ދިޔަ މީހަކު މުވައްޒަފުންނަށް އިންޒާރު ދިނީ ކޮން ކަމަކާއި ގުޅިގެން ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. ކައުންސިލް އިންތިހާބަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މި  މަހުގެ 20ވަނަ ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *